އުފެއްދުންތެރިކަމުގެ މައުރަޒުގައި ފޯނު އެޕްލިކޭޝަންތަކުގެ ބައިން ތިން ވަނަ އީޒެޕަށް

25 Oct 2026 | 09:24
ރޭގެ ރަސްމިއްޔާތުގައި އީޕެޒާއި އެވޯޑު ހަވާލު ކުރަނީ -- ފޮޓޯ: ރައީސް އޮފީސް

ރޭގެ ރަސްމިއްޔާތުގައި އީޕެޒާއި އެވޯޑު ހަވާލު ކުރަނީ -- ފޮޓޯ: ރައީސް އޮފީސް

ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރި ކުރި ފޯނު އެޕްލިކޭޝަންތަކުގެ ބައިން ތިން ވަނަ އީޒެޕުން ހޯދައިފި އެވެ،

އީޒެޕަކީ މަޝްހޫރު ޓެކް ކުންފުނި އީޒޯ ޕްރައިވެޓް ލިމިޓެޑުގެ މޮބައިލް އެޕްލިކޭޝަން އެކެވެ. އެ ކުންފުންޏާއި މި އެވޯޑު ހަވާލުކޮށްދެއްވީ ރޭ މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ރާއްޖޭގެ ފުރަތަމަ ސުޕަ އެޕްލިކޭޝަންގެ ގޮތުގައި މަޝްހޫރު މި އެޕަށް ޤައުމީ ފެންވަރުގެ ކާމިޔާބީއެއް ލިބިފައި މިވަނީ އެ އެޕް ތައާރަފު ކުރި ފަހުން ދެ އަހަރު ނުވަނީހެވެ.

މި އެޕްލިކޭޝަނަކީ ގިނަ ޚިދުމަތްތައް އެއް ތަނަކުން ލިބޭ އެޕެކެވެ. އީޒެޕް މެދުވެރިކޮށް ކާބޯތަކެތި، ގްރޮސަރީ، ސައިކަލް ޓެކްސީ އަދި ވިޔަފާރީގެ އެކި ޚިދުމަތްތައް ޑިޖިޓަލްކޮށް ހޯދިދާނެއެވެ. އެ ކުންފުނިން މައުލޫމާތުދޭގޮތުގައި ވިޔަފާރީގެ ޚިދުމަތް ތައާރަފްކުރުމަށްފަހު، މިހާރު އެ ކުންފުނީގެ މިސްރާބަކީ އެޕް ފުރިހަމަ އީ-ކޮމާސް ޕްލެޓްފޯމަކަށް ހެދުން ކަމަށް އީޒެޕުން ބުނެއެވެ.

އީޒެޕް އެޕް އެންޑްރޮއިޑާއި އެޕަލްގެ އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭއިރު، 7560606 ވަޓްސްއަޕް ނަންބަރަށް މެސެޖްކޮށްގެން ވެސް އެ ކުންފުނީގެ ޚިދުމަތްތައް ހޯދޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް