ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެފައި -- ފޮޓޯ: ޕޮލިސް
ށ. ފުނަދޫ ބަނދަރުގައި ހުރި ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ފެތުރި އެ ސަރަހައްދުގައި ހުރި ގެތަކަކާއި ގަރާޖުތަކެއްގައިވެސް ރޯވެއްޖެ އެވެ.
އެތަނުގައި އަލިފާން ރޯވީ ހެނދުނު 8:15 ހާއިރު އެވެ. މައުލޫމާތު ލިބޭގޮތުގައި އަލިފާނގަނޑު އަދިވެސް ކޮންޓްރޯލެއް ނުކުރެވެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުން މައުލޫމާތު ދޭގޮތުގައި ޕެޓްރޯލް ޝެޑުގައި ހިނގި ރައްކާތެރި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ފެތުރު އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކާއި ފަސް ގަރާޖެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ ގެތަކުން މީހަކުން ހުސްކޮށްފައިވާތީ އެއްވެސް މީހަކަށް އަނިޔާވި މައުލޫމާތު އަދި ނުލިބޭ ކަމަށް ބުންޏެވެ.
އަލިފާން ނިއްވުމަށް ފުލުހުންނާއި، ސިފައިން އަދި ފުނަދޫ އެއާޕޯޓް ފަޔާ ފައިޓަރުންނާއި އާންމުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ޕެޓްރޯލް ޝެޑު ހުންނަ ސަރަހައްދަކީ އާންމުން ދިރިއުޅޭ ސަރަހައްދެކެވެ. މި ހާދިސާ އާއި ގުޅިގެން މިއަދު ފުނަދޫ ސްކޫލްގެ ކިޔެވުންވެސް ވަނީ ބަންދުކޮށްފައި އެވެ.
އެރަށުން މީޑިއާއަށް މައުލޫމާތު ދިން މީހުން ބުނީ އަލިފަން ނިއްވުމުގައި ފުނަދޫ އެއާޕޯޓުގެ ފަޔާ ޓީމުން ހަރަކާތްތެރިވާތީ ފުނަދޫއަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓު ޖެއްސީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ. އަދި ފުނަދޫގައި މާލެ ދާން ތައްޔާރުވެގެން ތިބި މީހުންނަށް ފްޓައިޓް ޑައިވާޓުވުމުން ފުރޭނެ އިރެއް ނޭނގޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް