ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެ އަނދަނީ

25 Oct 2026 | 04:12
ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެފައި -- ފޮޓޯ: ޕޮލިސް

ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެފައި -- ފޮޓޯ: ޕޮލިސް

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.

އެރަށު ޕެޓްރޯލް ޝެޑު ހުންނަނީ ބަނދަރު ސަރަހައްދުގައި އެވެ. އަލިފާން ރޯވުމުގެ ސަބަބުން މުޅި ރަށު ތެރެއަށް ދުން ބޯވެ ފެތުރިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ފުނަދޫ އެއާޕޯޓު ފަޔާއެންޑް ރެކްސިއު ޓީމުން އަލިފާން ނިންމުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވާން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުމާއި އެކު ނޮދާންއޭރިއާގެ ސިފައިން އެ ރަށަށް ދަތުރު ކުރަމުންދާ ކަމަށެވެ. ފުލުހުންގެ މީޑިއާއިންވެސް ވަނީ އަލިފާނުގެ ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައި އެވެ.

ތަފްސީލް އަންނަނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

ޢެން.އެސް 59 minutes ago

އުސޫލެއް ޤަވާއިދަކަށް ތަބާވަން ނުޖެހުމުން ހިނގާ ދެރަ ކަންކަން. ލ.ފޮނަދޫގައި ތުރީ.އެމް.އޭ.އެޗް ނަމުގައި ނަގާފައިވާ ޕެޓްރޯލް ސެޑްވެސް އެއީ މިޒަމާނަށް ފެތޭ ގޮތަށް ހަދާފައިވާ ތަނަކަށް ނުވާއިރު ވަގު ބޯޑެއް ޖަހާ ޑިގު.އިޓު.ފިޔުލް ނަމުގައި އެމް.އެން.ޑީ.އެފްގެ އެއްވެސް ހުއްދައެއް ނެތި ހިންގަމުން ގެންދާ ތަނެއް. އެމް.އެން.ޑީ.އެފް ގެ ޒިންމާ އަކި އަލިފާން ރޯވީމަ ނިންވުން އެކަނިބާ. ކަމެއް ހިނގީމަ އެކްޝަން ނަގަން ހިންގާ މުއައްސަސާ އަކީތަ.