ދުވަހުގެ މޫސުން: ރާއްޖޭގެ ކަނޑުތައް ގަދަ – ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑު ޑިޕްރެޝަނަކަށް ބަދަލުވެއްޖެ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މެޓުން ބުނަނީ ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ. ސަރަހައްދީ މޫސުމަށް ބަލައިލާއިރު ބަން...

25 Oct 2025 | 06:14
ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑުގެ މިސްރާބު (ވ) - ކަނޑުގަދަ ވަގުތެއްގައި މާލެއަށް ވަންނަން ދަތުރުކުރި ދޯންޏެއް (ކ) - ފައިލް ފޮޓޯ: ދުވަސް

ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑުގެ މިސްރާބު (ވ) - ކަނޑުގަދަ ވަގުތެއްގައި މާލެއަށް ވަންނަން ދަތުރުކުރި ދޯންޏެއް (ކ) - ފައިލް ފޮޓޯ: ދުވަސް

ދުވަހުގެ މޫސުމަށް ބަލައިލާއިރު މެޓުން ބުނަނީ ރާއްޖޭގެ

ކަނޑުތައް ގަދަވާނެ ކަމަށެވެ. ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް

އިލްތިމާސްކުރާކަމަށެވެ.

ސަރަހައްދީ މޫސުމަށް ބަލައިލާއިރު ބަންގާޅު

ކަނޑުގައި ހުރި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ޑިޕްރެޝަނަކަށް

ބަދަލުވެފައިވާކަމަށް އިންޑިއާ މެޓުން ބުނެއެވެ.

އިންޑިއާ މެޓުން މިއަދު ހެނދުނު 10:38ގައި

ބުނެފައިވަނީ އެ ބަންގާޅު ކަނޑުގައި ހުރި އެ ކޮޅިގަނޑު އިތުރަށް ހުޅަނގަށް ޖެހި

ހެނދުނު 06:00 ހާއިރު ޑިޕްރެޝަނަކަށް ބަދަލުވެފައިވާކަމަށެވެ.

ކޮޅިގަނޑު ހުޅަނގު އުތުރަށް ދަތުރުކޮށް ކޮޅިގަނޑުގެ

ބާރު ގަދަވެ މާދަމާގެ ވަގުތެއްގައި ޑީޕް ޑިޕްރެޝަނަކަށް ބަދަލުވާނެކަމަށް ބެލެވޭ

ކަމަށާއި އަދި ހޯމަ ދުވަހު ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ތޫފާނަކަށް

ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ތޫފާނަކަށް ބަދަލުވާނަމަ އެ ތޫފާންގެ ނަމަކަށް ވާނީ

ތޫފާން "މޮންތާ" އެވެ. އެއީ މި ސަރަހައްދުގައި އުފެދޭ ތޫފާން ތަކަށް ނަން

ދީފައިވާ ތާވަލަށް ބަލާއިރު ތައިލެންޑުން ދީފައިވާ ނަމެކެވެ. މާނައަކީ "ރީތި

މާ" އެވެ.

ރާއްޖޭގެ މޫސުމަށް އެނބުރިލާއިރު މެދުރާއްޖެއާއި އުތުރުގެ

ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި

ރަނގަޅުވާނެ ކަމަށް މެޓުން ބުނެއެވެ.

އާންމު ވައި އުތުރާއި މެދުރާއްޖޭގައި ގަޑިއަކު 15

މޭލާއި 25 މޭލާއި ދެމެދުގައި ހުރި އިރު ދެކުނުގައި އާންމު ވައި ހުރި ކަމަށް

ބުނެފައިވަނީ 13 މޭލާއި 23 މޭލާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް