މާލޭ ފަޅުން މިއަދު ފެނުނު ވިހަގަދަ ކަނޑުހަރުފައެއް ހިފައިގެން ގޮސް ކަނޑަށް ދޫކޮށްލައިފިއެވެ.
ސޯޝަލް މީޑިއާގައި މިކަން ހާމަކޮށް މީހަކު މިއަދު ބުނެފައިވަނީ ހަވީރު ހަތަރެއްޖަހާއެހާކަންހާއިރު މި ކަނޑުހަރުފަ ފެނުނީ ސްވިމިން ޓްރެކް ކައިރީގައި އޮންނަ އޮޑިދޯނިފަހަރު އަޅާ ސަރަހައްދުން ކަމަށެވެ.
"މީތި މިހާރުވަނީ ކަނޑަށް ދޫކޮށްލާފައި" އޭނާ ބުނެފައިވެއެވެ.
އެ ކަނޑުހަރުފަ އަކީ އިނގިރޭސި ނަމުން ނަމަ "The Yellow-Bellied Sea Snake" އެކެވެ.
ވިކިޕީޑިއާ ބުނާގޮތުން މިއީ ވިހަގަދަ ކަނޑުހަރުފައެކެވެ. މިއީ ވިހަގަދަ ކަނޑުހަރުފައެއް ނަމަވެސް މީތި ގިނަ ފަހަރަށް ދަތް އަޅަނީ މަސްވެރިންގެ ދާތަކުގައި ބެދޭ ހާލަތްތަކުގައި ދަލުން ނައްޓަން އުޅޭފަދަ ހާތްތަކުގައިކަން ފާހަގަކޮށްފައިވެއެވެ. އަދި ގޯނާއެއް ނުކުރާހާ ހިނދަކު ގޯނާ ނުކުރާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް