ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިރޭ19:34 ހާއިރުގައި ކަމަށެވެ.
މި ހާދިސާގައި އަނިޔާވި 12 މީހަކަށް މިވަގުތު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި މިވަތު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ކޮށްދިއްޕަރު ޕީކޭޑީ-10 ނަމަކަށް ކިޔާ ލޯންޗަކާއި، ފެރިދޫ ޓުއާ ކިޔާ ދެ ލޯންޗެވެ.
12 މީހަކަށް ފަރުވާދެމުންދިޔަނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް