މިރޭގެ މޫސުން: ދެކުނުގެ ކަނޑުތައް މަޑުނަމަވެސް އުތުރާއި މެދުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަ

މިރޭގެ މޫސުމަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުނަމަވެސް އުތުރާއި މެދުރާއްޖޭގެ ސަރަހައްދުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި އަދި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓުން ބުނެފިއެ...

25 Oct 2024 | 15:01

މިރޭގެ މޫސުމަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުނަމަވެސް އުތުރާއި މެދުރާއްޖޭގެ ސަރަހައްދުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި އަދި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާގެ އިރު އެރުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިރޭ އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރުން އެކަށިގެންވެއެވެ. އަދި މެދުރާއްޖޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ބެލެވުނު ނަމަވެސް ދެކުނުގެ އަތޮޅުތަކުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް