ކަނޑުވި، ތިން ދިވެއްސަކު ސަލާމަތްކޮށްފި

ފަރުމަސްވެރިކަން ކުރަމުންދަނިކޮށް ބަންޑުން ޖަހާލި "ޕެސްޓަރ" ނަމަކަށް ކިޔާ ޑިންގީއެއް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހޯދައިފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަ...

25 Oct 2024 | 12:11

ފަރުމަސްވެރިކަން ކުރަމުންދަނިކޮށް ބަންޑުން ޖަހާލި "ޕެސްޓަރ" ނަމަކަށް ކިޔާ ޑިންގީއެއް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހޯދައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ތިން ދިވެހިންނާއެކު ފަރުމަސްވެރިކަން ކުރަމުންދިޔަ ޑިންގީއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:11 ހާއިރު ކަމަށެވެ.

ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބުމާއެކު، ޑިންގީ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި މިގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" އިން ކުރި މަސައްކަތުން ޑިންގީ ފެނިފައިވަނީ މާހަލާ ދިމާ، ދެކުނުން މަގުބެއްދިއާ ދިމާލުން މިއަދު ހެނދުނު 09:32 ހާއިރު ކަމަށް ބުނެފައިވެއެވެ.

މި ޑިންގީން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް