ދުވަހުގެ މޫސުން: އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ

ދުވަހުގެ މޫސުމަށް ބަލއިރު މިއަދު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބު...

25 Oct 2024 | 05:45

ދުވަހުގެ މޫސުމަށް ބަލއިރު މިއަދު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ފާހަގަކޮށްފައިވާގޮތުގައި މިއަދުވެސް ދެކުނުގެ އަތޮޅުތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެއެވެ.

"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ރާއްޖޭގެ ކަނޑުތައް މިއަދު އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް