ސަރަހަދުގެ އިޤްތިސާދާއި ރައްކާތެރި ކަމަށް ޗައިނާއިން ކުރާ މަސައްކަތަށް ޕާކިސްތާނު އިތުބާރުކުރޭ

ސަރަހަދުގެ އިޤްތިސާދު ކުރިއަރުވައި ރައްކާތެރި ކަށަވަރު ކުރުމަށް ޗައިނާއިން ކުރާ މަސައްކަތަށް ޕާކިސްތާނު އިތުބާރުކުރާ ކަމަށް ޗައިނާއިން ބުނެފިއެވެ. ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) އާ މަރުހ...

25 Oct 2023 | 17:21

ސަރަހަދުގެ އިޤްތިސާދު ކުރިއަރުވައި ރައްކާތެރި ކަށަވަރު ކުރުމަށް ޗައިނާއިން ކުރާ މަސައްކަތަށް ޕާކިސްތާނު އިތުބާރުކުރާ ކަމަށް ޗައިނާއިން ބުނެފިއެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) އާ މަރުހަލާއަކަށް ދާއިރު ޕާކިސްތާނުން ޗައިނާއަށް ވަރަށް ބޮޑު އިތުބާރެއް ކުރަމުން އަންނަ ކަމަށް ޗައިނާއިން ހާމަކޮށްފައިވަނީ ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) ގައި ޕާކިސްތާނުގެ ބައިވެރިވުން އޮތް މިންވަރު ބަލާ މި ރިޕޯޓުގައި ވަނީ މި ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމާއި ކަނެކްޓިވިޓީ ކުރިއެރުވުމަށް ޗައިނާއިން ކުރާ މަސައްކަތަށް އެ ގައުމުން ކުރާ އިތުބާރު ފާހަގަކޮށްފަ އެވެ.

ބީއާރުއައި ފްރޭމްވޯކްގެ ތެރެއިން ޗައިނާ އާއި ޕާކިސްތާން ގުޅިގެން މަސައްކަތް ކުރުމުގެ އާ މަރުހަލާއަކަށް ނުކުންނައިރު، މި ޕާޓްނާޝިޕްގެ ސަބަބުން ސަރަހައްދީ ޖިއޯޕޮލިޓިކްސް އާއި އިގްތިސާދީ ކުރިއެރުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ އެވެ.

ފާއިތުވި އަހަރުތަކުގައި ޕާކިސްތާނަކީ ބީއާރުއައިގެ އެންމެ ބޮޑު މަންފާ އެއް ގައުމަށް ވެފައިވާއިރު، ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) ފަދަ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކަނެކްޓިވިޓީ އާއި ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން ތައް ބަދަހިކުރުން ހިމެނެ އެވެ.

ޗައިނާއަށް ކުރާ މި "ބްލައިންޑް ޓްރަސްޓް"ގެ މައިގަނޑު އެއް ކަމަކީ އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް އެޅުމުގައި ޕާކިސްތާނުން ޗައިނާގެ ފައިސާއަށް ބަރޯސާވުމާއި ތަޖުރިބާ ހޯދުމެވެ. މި އިތުބާރުން ދައްކުވައިދެނީ، ޤައުމުގެ ތަރައްޤީއަށް ޓަކައި ޗައިނާއިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދީ، ފައިނޭންސް ކުރުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ޕާކިސްތާނުން ޤަބޫލުކުރާކަމެވެ.

ގްވާދާރު ބަނދަރު ގާއިމުކުރުމާއި މަގުތަކުގެ ނެޓްވޯކްތަކާއި ހަކަތައިގެ އިންފްރާސްޓްރަކްޗާ ފުޅާކުރުން ފަދަ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ބީއާރުއައި އިން މިހާރު ވެސް ވަނީ ހޯދާފަ އެވެ. މި މަޝްރޫޢުތަކަކީ ވިޔަފާރީގެ ދާއިރާއާއި ހަކަތަ އުފެއްދުމާއި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދީ ޕާކިސްތާނުގެ އިޤްތިޞާދީ މަންޒަރަށް ބަދަލުގެނައުމުގެ ޤާބިލުކަން ލިބިފައިވާ މަޝްރޫޢުތަކެކެވެ.

ބީއާރުއައިގެ "އާ މަރުހަލާ" ގައި ދެމެހެއްޓެނިވި ތަރައްގީއާއި ޓެކްނޮލޮޖީ ޓްރާންސްފާ ކުރުމާއި ސަރަހައްދީ ކަނެކްޓިވިޓީ އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތައް ހިމެނެ އެވެ. ބީއާރުއައި ކުރިއަރަމުން އަންނަ ވަރަކަށް، ޕާކިސްތާނުގެ ދައުރަކީ މި އިނީޝިއޭޓިވްގެ ކާމިޔާބީ ކަށަވަރު ކުރުމުގައި މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން އިތުރަށް މުހިންމު ދައުރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް