ޣައްޒާއަށް ވަދެގަތުން ފަސްކޮށްލަން އިޒްރޭލުން އެއްބަސްވެއްޖެ !

އެއްގަމުން މަގުން ޣައްޒާއަށް ވަދެގަތުން ފަސްކޮށްލުމަށް އިޒްރޭލުން އެއްބަސްވެފައިވާކަމަށް ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓްކޮށްފިއެވެ. އެގޮތުން އެ މީޑިއާގައި އެމެރިކާ އަދި އިޒްރޭލުގެ ބައެއް އިސް އޮފިޝަލުން...

25 Oct 2023 | 16:53

އެއްގަމުން މަގުން ޣައްޒާއަށް ވަދެގަތުން ފަސްކޮށްލުމަށް އިޒްރޭލުން އެއްބަސްވެފައިވާކަމަށް ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން އެ މީޑިއާގައި އެމެރިކާ އަދި އިޒްރޭލުގެ ބައެއް އިސް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ޣައްޒާއަށް ވަދެގަތުން ލަސްކޮށްލަން ނިންމަނީ އެމެރިކާއިން އިޒްރޭލަށާއި މެދުއިރުމައްޗަށް ފޮނުވާ އެއަރ ޑިފެންސް ސިސްޓަމްތައް ލިބުމާއި ހަމައަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއިން އަންނަނީ އެއަރ ޑިފެންސް ސިސްޓަމްގެ 11 ސިސްޓަމް މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަމުންނެވެ. އެ ސިސްޓަމްތަކަކީ އިޒްރޭލުގެ އިތުރުން އިރާގާއި ސޫރިޔާއާއި ސައޫދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތުގައި ގާއިމުވެތިބޭ އެމެރިކާގެ ސިފައިންނަށްވެސް ފޮނުވާ ސިސްޓަމްތަކެއް ކަމަށް ބުނެފައިވެއެވެ.

އިޒްރޭލު އޮފިޝަލުން ބުނެފައިވަނީ އެމެރިކާގެ އެ ސިސްޓަމްތައް މި ހަފްތާގެ ތެރޭގައި ލިބޭނެކަމަށް އުންމީދު ކުރާ ކަމަށާއި އެމެރިކާ ފައުޖުތަކުގެ ރައްކާތެރިކަމަށް އެ ސިސްޓަމްތައް މުހިންމު ކަމަށެވެ.

ޣައްޒާއަށް ވަދެގަތުން މަޑުޖައްސާލަން އިޒްރޭލުން އެއްބަސް ކަމަށް ބުނާއިރު މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާގޮތުގައި ޣައްޒާއަށް އިޒްރޭލުން އެހެން ވަދެގެންފިނަމަ އިޒްރޭލަށް ފޫ ނުބެއްދޭވަރުގެ ގެއްލުންތަކަކާއި ކުރިމަތިވާނެއެވެ.

އެއް ކަމަކީ ޣައްޒާގެ އެތެރެއިން ހަމާސްގެ ވަރުގަދަ ހަމަލާތަކާއި ކުރިމަތިލާން ޖެހުން ކަމަށާއި އަނެއް ކަމަކީ އިޒްރޭލުގެ އަނެއް ބިތުން ލުބުނާނު ފަޅިން ހަނގުރާމަވެރިން އިޒްރޭލަށް ވަދެގަތުމުގެ ބިރު ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް