ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދާނަމަ އާ ސަރުކާރު ކެބިނެޓަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާނަމަ އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފިއެވެ...

25 Oct 2023 | 14:49

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާނަމަ އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މިކަން ހާމަކުރީ އެ ޕާޓީން، ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވައި ކަންތައްތަކެއް ނިންމުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަކިކުރަން ހުށަހަޅާ މައްސަލައިގާ އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައިވާނެ ކަމަށެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވީ އިންތިހާބީ ރައީށްގެ ހުވާ ކުރުން ކުރިއަށްގެންދަންވާނީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތް ރައީސަކު އެ މަޖިލީހުގައި އިނދެގެން ކަމަށާއި އެ ނޫން ގޮތަކަށް އެކަންދާނަމަ އެއްވެސް ކަމަކަށް އެމްޑީޕީން އެއްބާރުލުން ނުދޭނެ ކަމަށެވެ. އޭގެތެރޭގައި ޑރ. މުއިއްޒުގެ ކެބިނެޓް ހުށަހެޅިއްވިޔަސް ރައީސް ނަޝީދު ވަކި ނުކުރެވޭނަމަ އެކަމަށްވެސް ޖާގަ ނުދެއްވާނެ ކަމުގައި ރޮޒޭ ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަންނަ އާދީއްތަ ދުވަހަށް ވަނީ އެޖެންޑާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް