އިޒްރޭލުން ޣައްޒާއަށް ބޮން އަޅަނީ ސީދާ އެމެރިކާގެ އިރުޝާދަށް: އީރާން ލީޑަރު

އިޒްރޭލުން ޣައްޒާއަށް ބޮން އަޅަމުން އަންނަނީ ސީދާ އެމެރިކާގެ އިރުޝާދުގެ ދަށުން ކަމުގައި އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ތުހުމަތު ކުރައްވައިފިއެވެ. ޚާމަނާއީ މިހެން ވިދާޅުވީ މިއަދު ވެރިރަށް ތެހެރާ...

25 Oct 2023 | 14:26

އިޒްރޭލުން ޣައްޒާއަށް ބޮން އަޅަމުން އަންނަނީ ސީދާ އެމެރިކާގެ އިރުޝާދުގެ ދަށުން ކަމުގައި އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ތުހުމަތު ކުރައްވައިފިއެވެ.

ޚާމަނާއީ މިހެން ވިދާޅުވީ މިއަދު ވެރިރަށް ތެހެރާނުގައި ދެއްވި ބަސްދީގަތުމެއްގައެވެ.

އޭނާ ވިދާޅުވީ ހަނގުރާމައިގެ ޖަރީމާތަކަށް އިރުޝާދުދެނީ އެމެރިކާއިން ކަމަށާއި ޣައްޒާ ރައްޔިތުން އެ ކަތިލަނީ އެމެރިކާއިން ކަމަށެވެ.

ޚާމަނާއީ މިހެން ވިދާޅުވެފައިވާއިރު ސޫރިޔާއާއި އިރާގުގައި ގާއިމްވެތިބޭ އެމެރިކާގެ ސިފައިންގެ ބޭސްތަކަށް ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަމަލާތަކެއް ދީފައިވެއެވެ.

އެ ހަމަލާތަކާއި ގުޅިގެން އެމެރިކާއިން ތުހުމަތުކޮށްފައިވަނީ އެ ހަމަލާތައް ދީފައިއެވަނީ ސީދާ އީރާނުގެ ގުޅިފައިވާ ބާރުތަކުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް