ހަލަބުގެ އެއާޕޯޓަށް އިޒްރޭލުން ވައިގެ ހަމަލާތަކެއް

ސޫރިޔާގެ ހަލަބުގެ އިންޓަނޭޝަނަލް އެއާޕޯޓަށް އިޒްރޭލުން ވައިގެ ހަމަލާތަކެއްދީ އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނުވައިފިއެވެ. އަސްކަރީ މަސްދަރަކާ ހަވާލާދީ ސޫރިޔާގެ ސަނާ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައ...

25 Oct 2023 | 11:46

ސޫރިޔާގެ ހަލަބުގެ އިންޓަނޭޝަނަލް އެއާޕޯޓަށް އިޒްރޭލުން ވައިގެ ހަމަލާތަކެއްދީ އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނުވައިފިއެވެ.

އަސްކަރީ މަސްދަރަކާ ހަވާލާދީ ސޫރިޔާގެ ސަނާ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާގޮތުގައި އެ ހަމަލާ އިޒްރޭލުން ދިނީ މިއަދު ހަލަބުގެ ގަޑިން 01:25 ހާއިރުގައެވެ. އެއީ ރާއްޖޭ ގަޑިން ނަމަ ގާތްގަނޑަކަށް 03:25 އެވެ.

އެ މަސްދަރާ ހަވާލާދީ ބުނެފައިވަނީ ދިން ވަރުގަދަ ހަމަލާގެ ސަބަބުން އެއާޕޯޓުގެ ރަންވޭ ހަލާކުވެ ބައެއް ތަކެއްޗަށް ގެއްލުންވެ އެއާޕޯޓުގެ ހިދުމަތް ހުއްޓުމަކަށް އައިސްފައިވާކަމަށެވެ.

މި ހަމަލާއާއި ގުޅޭ މާ ގިނަ ތަފްސީލެއް އަދި ސޫރިޔާއިންވެސް އިޒްރޭލުންވެސް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް