އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުންގެ އަދަދު 6،546 އަށް އަރާފައިވާކަމުގައި ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ދެންމެ ހާމަކުރި އަދާހަމައިގާ ބުނެފައިވަނީ ޣައްޒާއިން 6،546 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު އޭގެތެރެއިން 756 އަކީ ފާއިތުވި 24 ގަޑިއިރުގެތެރޭގައި ގެއްލުނު ފުރާނައިގެ އަދަދު ކަމަށެވެ. މީގެ އިތުރުން 6،546 މީހުންގެ ތެރެއިން 2،704 އަކީ ކުޑަކުދިންކަމުގައިވެސް ބުނެފައިވެއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުގައި ޒަޚަމްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 17،439 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް