18 ދުވަހުގެ ތެރޭގައި 2،360 ކުޑަކުދިންގެ ފުރާނަ ގެއްލިއްޖެ: ޔުނިސެފް

އިޒްރޭލު-ހަމާސް ހަނގުރާމައިގާ އެންމެ 18 ދުވަހުގެ ތެރޭގައި 2،360 ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާކަމަށް އދ ގެ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޖަމިއްޔާ ޔުނިސެފުން ބުނެފިއެވެ. ކަންބޮޑުވުމާއެކު ޔުނިސެފުން ...

25 Oct 2023 | 08:49

އިޒްރޭލު-ހަމާސް ހަނގުރާމައިގާ އެންމެ 18 ދުވަހުގެ ތެރޭގައި 2،360 ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާކަމަށް އދ ގެ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޖަމިއްޔާ ޔުނިސެފުން ބުނެފިއެވެ.

ކަންބޮޑުވުމާއެކު ޔުނިސެފުން މިކަން ފާހަގަކޮށް ބުނެފައިވަނީ އެ އަދަދަށް ކުދިންގެ ފުރާނަ ގެއްލިފައިވާއިރު ޒަޚަމްވެފައިވާ ކުޑަކުދިންގެ އަދަދު އުޅެނީ ފަސް ހާހުން މަތީގައި ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން ދެ ހާހަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު ޣައްޒާއިން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު އުޅެނީ ހަ ހާހުން މަތީގައެވެ. އެ އަދަދުގެ ތެރެއިން 70 އިންސައްތަ ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމުގައި ޣައްޒާގެ ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.

ޔުނިސެފުން ނެރުނު ބަޔާނެއްގައި ހަނގުރާމަ މެދުކަނޑާލަން ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް