މަކަރާ ހީލަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން ފޮޓޯ އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ، ކ. މާފުށި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
ފުލުހުން ހޯދަމުން ދަނީ ށ. ފުނަދޫ، ތަރަހަ، ރައްޒާނު އާދަމް، 32 އެވެ.
އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ރައްޒާނަށް ފުލުހުން ވަނީ އަންގާފައެވެ..
މި މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށްޓަކައި، އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00ށް މާފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަސް ފުލުހުން ވަނީ ރައްޒާނަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް