ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީގެ) ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރަމުން އަންނަ ޝުމްބާ ރޭގައި ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކެނެރީ މަގުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތު ކުރެވޭ މީހަކު އެ ސަރަހައްދުން އަތުލައިގަނެގެން އުޅުނު އިރު އެ މަންޒަރު ފޮޓޯނަގަން ހުއްޓާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޝުމްބާގެ ވަކީލު މުހައްމަދު ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝުމްބާ ހައްޔަރުކުރީ އެކަން ކަވަރުކުރަން ގޮސް ހުއްޓާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް