ދުވަހުގެ މޫސުން: އުތުރާއި މެދުރާއްޖެއަށް މިއަދުވެސް ވިއްސާރަ

ދުވަހުގެ މޫސުމަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް  މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް (މެޓް) އި...

25 Oct 2023 | 00:51

ދުވަހުގެ މޫސުމަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް  މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖެއަށް ވިއްސާރަ ނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

"އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓުން ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ރާއްޖޭގެ ކަނޑުތައް މިއަދު އާދައިގެވަރަކަށް މަޑުވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް