ކަޝްމީރަކީ އަމާން އަދި ސުލްހަވެރި ތަނެއް ކަމަށް އީރާނުގެ ކައުންސެލަރު ވިދާޅުވެއްޖެ

ކަޝްމީރަކީ އަމާން އަދި ސުލްހަވެރި ތަނެއް ކަމަށާއި ކަޝްމީރުގެ ގުދުރަތީ ރީތިކަމަށް ތައުރީފް ކުރައްވާ އީރާނުގެ އެމްބަސީގެ ކަލްޗަރަލް ކައުންސެލަރ ޑރ މުހައްމަދު އަލީ ރަބްބާނީ ވާހަކަފުޅުދައްކަވައިފިއެވެ. ޖަ...

25 Oct 2022 | 16:32

ކަޝްމީރަކީ އަމާން އަދި ސުލްހަވެރި ތަނެއް ކަމަށާއި ކަޝްމީރުގެ ގުދުރަތީ ރީތިކަމަށް ތައުރީފް ކުރައްވާ އީރާނުގެ އެމްބަސީގެ ކަލްޗަރަލް ކައުންސެލަރ ޑރ މުހައްމަދު އަލީ ރަބްބާނީ ވާހަކަފުޅުދައްކަވައިފިއެވެ.

ޖައްމޫ އެންޑް ކަޝްމީރު ޕީޕަލްސް ޖަސްޓިސް ފްރަންޓުން އީރާނާއި އިންޑިއާއާ ދެމެދު އޮންނަ އާންމު ސަގާފީ އަދި ތަރިކައިގެ ގުޅުމާ ބެހޭ ގޮތުން ބާރަމުލާ ޑިސްޓްރިކްޓްގެ ތަހްސިލް ޕައްޓަންގެ ގުންޑް ޚަވާޖާ ގާސިމް ވިލެޖުގައި ބޭއްވި ކޮންފަރެންސްގައި ރަބްބާނީ ވަނީ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި ކޮންފަރެންސްގައި ކަޝްމީރާއި އިންޑިއާގެ އެހެން އިލްމުވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ކޮންފަރެންސްގެ ރިޔާސަތު ބެލެހެއްޓެވީ ޖޭކޭ ޕީޕަލްސް ޖަސްޓިސް ފްރަންޓްގެ ޗެއާމަން އާގާ ސައީދު އައްބާސް ރިޒްވީ އެވެ.

މި ކޮންފަރެންސްގައި ޢިލްމުވެރިން ވަނީ އިންޑިއާއާއި އީރާނާ ދެމެދު އޮންނަ ސަގާފީ އަދި ތަރިކައިގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރަބްބާނީ ވިދާޅުވީ ޒަމާނުއްސުރެ އީރާނާއި އިންޑިއާއާ ދެމެދު އަބަދުވެސް ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުން ދެމިއޮންނާނެ ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްކަމާއި ގުޅުމަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.

މީގެ އިތުރުން އާގާ ސައީދު އައްބާސް ރިޒްވީ ވެސް މި ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ވިދާޅުވީ ކަޝްމީރުގެ ރައްޔިތުން ނަކީ ދީނީ މިނިވަންކަން އޮންނަ އިންޑިއާގައި ދިރިއުޅެމުން އަންނަ ބައެއް ކަމަށާއި އަވަށްޓެރި ގައުމަށް އެފަދަ މިނިވަންކަމެއް ނެތުމަކީ ނަސީބެއް ކަމަށެވެ.

އަދި އީރާނާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އޭނާ ވިދާޅުވީ އިންޑިއާ އާއި އީރާން އަބަދުވެސް އޮންނަން ޖެހޭނީ ހުރިހާ ގޮތަކުން ވެސް އެކަކު އަނެކަކާ އެކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް