ރޮނާލްޑޯއަށް އައު ކުލަބެއް ހޯދުމުގެ މަސައްކަތް މެންޑޭސް ފަށައިފި

އަންނަ އަހަރު ޖެނުއަރީ ޓްޜާސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާގައި މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލާފާނެ ކަމަށް ބެލެވޭއިރު، ރޮނާލްޑޯއަށް އައު ކުލަބެއް ހޯދުމުގެ މައްސައަކަތް އޭނާގެ އޭޖެންޓް ޖޯޖް މ...

25 Oct 2022 | 16:12

އަންނަ އަހަރު ޖެނުއަރީ ޓްޜާސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާގައި މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލާފާނެ ކަމަށް ބެލެވޭއިރު، ރޮނާލްޑޯއަށް އައު ކުލަބެއް ހޯދުމުގެ މައްސައަކަތް އޭނާގެ އޭޖެންޓް ޖޯޖް މެންޑޭސް ފަށައިފިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ މަޝްޙޫރު އޮންލައިން ނޫސް "ދި ސަން ޑެއިލީ" އިން ރިޕޯޓުކުރާ ގޮތުގައި ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭސް މިހާރުވަނީ ރޮނާލްޑޯއަށް އައު ކުލަބެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މެންޑޭސް މިހާރު ހުށައެޅުން ހުށައަޅާފައިވާ ބައެއް ކުލަބުތަކުގެ ތެރޭގައި އިނގިރޭސި ޕްރިމިއާލީގުގެ ތިން ކުލަބެއްގެ އިތުރުން އިޓަލީގެ ދެ ކުލަބެއް ހިމެނޭކަމަށް ރިޕޯޓުގައި ބުނެފައިވާއިރު، މެންޑޭސް މިހާރު ހުށައެޅުން ހުށައަލާފައިވާ އިނގިރެސި ކުލަބުތަކުގެ ތެރޭގައި ހިމެނެނީ  އާސެނަލް، ނިއުކާސަލް ޔުނައިޓެޑް އަދި ޗެލްސީއެވެ. އިޓަލީގެ ދެ ކުލަބަކީ ނަޕޮލީ އަދި އޭސީ މިލާނެވެ.

ރިޕޯޓުގައި ވާ ގޮތުން ރޮނާލްޑޯއަށް އެންމެ ބޮޑަށް ށައުގުވެރިވާ ޓީމަކީ އިޓަލީގެ ނަޕޮލީއެވެ. ނަމަވެސް ނިއުކާސަލް އަދި އާސެނަލް އާއި ޗެލްސީން ވެސް ރޮނާލްޑޯއަށް ޝައުގުވެރިވާކަމަށް ރިޕޯޓުގައި ވެއެވެ. ކަން މިހެން އޮތްނަމަވެސް މި ހުރިހާ ކުލަބެއްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ރޮނާލްޑޯ ކުލަބަށް ގެނެސްފިނަމަ އޭގެ ފަހުން ކުލަބަށް ކޮށްފާނެ އަސަރުތަކާއި މެދުގައެވެ. އަނެއް ކަންބޮޑުވުމަކީ ރޮނާލްޑޯގެ މުސާރައާއި މެދު އޮތް ކަންބޮޑުވުމެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުލަބުކުން ރޮނާލްޑޯ ބޭނުންނުވާ އެންމެ ބޮޑު ސަބަބަކީ ވެސް މިއީއެވެ. ރޮނާލްޑޯ ގެނެސްފިނަމަ ކުލަބަށް ކޮށްފާނެ އަސަރަކާއި މެދު ކުލަބުތަކުން ކަންބޮޑުވާއިރު، ރޮނާލްޑޯގެ ފަރާތުން މިހާރުވެސް ފެންނަމުންދާ ބައެއް އަމަލުތަކަކީ މިކަމުގެ އެންމެ ބޮޑު އެއް ހެކިކަމަށް ކުލަބުތަކުން ދެކެއެވެ.

މެންޑޭސް ވަނީ ނިމިގެން ދިޔަ ޓްރާންސްފާގައި ވެސް ރޮނާލްޑޯއަށް ކުލަބެއް ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް މެންޑޭސްގެ އެ މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބުތަކާއި އެކު މަޝްވާރާތައް ކުރިއެވެ. ނަމަވެސް އޭގެ އެއްވެސް ކުލަބަކުން ރޮނާލްޑޯ ބޭނުމެއް ނުވިއެވެ. މެންޑޭސް ރޮނާލްޑޯ ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކުލަބުތަކުގެ ތެރޭގައި ޖަރުމަނުގެ ބަޔާން މިޔުނިކް، ބޮރޫޝިއާ ޑޯޓްމަންޑް، ސަޕެއިންގެ އެތްލެޓިކޯ މެޑްރިޑް، އިޓަލީގެ އިންޓަ މިލާން، އޭސީ މިލާން ފަދަ ކުލަބުތައް ހިމެނެއެވެ. މީގެން އެއްވެސް ކުލަބަކުން ރޮނާލްޑޯއަށް ޝައުގުވެރިއެއް ނުވިއެވެ.

އިނގެރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަންނަ ޖެނުއަރީ ޓްރާންސްފާގައި ރޮނާލްޑޯއަށް އެއްވެސް ކުލަބަކުން ޝައުގުވެރިވާނަމަ އެ ކުލަބަކަށް ހިލޭ ޓްރާންސްފާގެ ދަށުން ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލާނެއެވެ. މި ސީޒަނުގެ ނިޔަލަށް ކުލަބުގައި ރޮނާލްޑޯ ބަހައްޓަން ޔުނައިޓެޑުން ބޭނުންވި ނަމަވެސް ރޮނާލްޑޯގެ ފަރާތުން ފެންނަމުން ދާ އަމަލުތަކުގެ ސަބަބުން ޔުނައިޓެޑުން ރޮނާލްޑޯ ބަހައްޓާކަށް ބޭނުމެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް