ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ދެންމެ ވިދާޅުވީ ށ. ގޮނާފަރު ފަޅު ބޭރަށް ޑައިވްކުރަން އުޅުނު މީހަކު ގެއްލިގެން މިއަދު މެންދުރު...

25 Oct 2022 | 16:12

ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ދެންމެ ވިދާޅުވީ ށ. ގޮނާފަރު ފަޅު ބޭރަށް ޑައިވްކުރަން އުޅުނު މީހަކު ގެއްލިގެން މިއަދު މެންދުރުފަހު ރިޕޯޓް ކުރިކަމަށާއި ހޯދުމުގެ މަަސައްކަތް ކުރަމުންދަނިކޮށް ހަވީރު 4:15 ހާއިރު ފެނުނު ކަމަށެވެ.

"އެމީހާއަށް ފަރުވާދިނުމަށް ށ. ކަނޑިތީމު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ނިޔާވި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ޒުވާން ފިރިހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް