ޗާގޮސް މައްސަލައިގާ ޖޭޕީއަކާ މަޝްވަރާއެއް ނުކުރޭ: އަމީން

ޗާގޮސް މައްސަލައިގާ އެއްވެސް އިރެއްގައި ސަރުކާރުން ޖުމްހޫރީ ޕާޓީއާއި މަޝްވަރާކޮށްފައިނުވާކަމުގައި އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވީ މިއަދު ދިޔަރެސް ނޫހ...

25 Oct 2022 | 16:02

ޗާގޮސް މައްސަލައިގާ އެއްވެސް އިރެއްގައި ސަރުކާރުން ޖުމްހޫރީ ޕާޓީއާއި މަޝްވަރާކޮށްފައިނުވާކަމުގައި އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ މިއަދު ދިޔަރެސް ނޫހުގައި ލިޔެފައިވާ ހަބަރެއް ދޮގުކުރައްވައި އެކަމާއި ގުޅޭގޮތުން ވިދާޅުވެފައިވާ ބަސްފުޅެއްގައެވެ.

"ޗާގޮސް މައްސަލައިގައި ސަރުކާރުން އެއްވެސް އިރަކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަކާ ނުވަތަ ޖޭޕީއަކާ މަޝްވަރާކޮށްފައެއް ނުވޭ، ޕާޓީން އަދި ޕާޓީގެ ލީޑަރު ދެކެވަޑައިގަންނަވާގޮތް ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައި" އަމީން ވިދާޅުވެފައިވެއެވެ.

އަމީން މިހެން ވިދާޅުވެފައިވާއިރު ދިޔަރެހުގައި މިއަދު ރައީސް އޮފީހުގެ ސިއްރު މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ ސަރުކާރުން އެ ނިންމުން ނިންމީ ކޯލިޝަން ޕާޓްނަރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް