ފޯޅަވަހީގެ ބަހުސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ތިން ފަރާތަކަށް ތިން ސުވާލެއް އަމާޒު ކުރައްވައިފިއެވެ.
އެ ތިން ފަރާތަކީ 1992 ވަނަ އަހަރު ރާއްޖޭގެ އެޓާނީ ޖެނެރަލްކަމުގައި ހުންނެވި ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ރައީސް، ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރަށެވެ.
އެގޮތުން އެ ސުވާލުތަކުގެ ތެެރެއިން 1992ގައި އިނގިރޭސިވިލާތާއެކު ދިވެހިރާއްޖެ ފޯޅަހަވީގެ ބައުންޑަރީ ކަނޑައެޅުމަށް ވާހަކަދެކުވުނީ ކީއްވެތޯ މުނައްވަރަށް ސުވާލު ކުރިމަތިކޮށްފައިވެއެވެ.
https://twitter.com/faya_i/status/1584876468294729729
2017 ގައި އައިސީޖޭގައި މޮރީޝަސް އަށް ފޯޅަހަވި ދޭން ނިންމި އިރު އޭރުގެ ސަރުކާރު ދައުވާ ނުކުރީ ކީއްވިތޯ އާއި ފޯޅަވަހި ރާއްޖޭގެ ތަނެއްކަމަށް ދެކި ގެއްލި ދިޔައިރު އޭރުގެ ޑިފެންސް މިނިސްޓަރ ކުރެއްވީ ކީއްތޯ، ރައީސް ޔާމީންގެ ދައުރުގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެން ސުވާލު ކުރައްވާފައިވެއެވެ.
https://twitter.com/faya_i/status/1584875399296663552
ރައީސް ނަޝީދަށް މިިނިސްޓަރު ފައްޔާޒް އަމާޒު ކުރެއްވި ސުވާލަކީ 2011ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ފޯޅަަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ދެކިލައްވާނަމަ ފޯޅަވައްސާ ރާއްޖެއާމެދު އިން ވަކިކުރަން މޮރިޝަސް އާ އެއްބަސްވީ ކީއްވެތޯ؟ ކަމަށްބުނެ އުފެއްދެވި ސުވާލެވެ.
https://twitter.com/faya_i/status/1584875257185193984
މި ސުވާލުތައް މި ތިން ބޭފުޅުންނަށް އަމާޒު ކުރައްވާފައިވާއިރު ރައީސް ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފޯޅަވައްސަކީ ރާއްޖޭގެ ރަށެއްކަމަށް ބުނެވޭނެ އެެތައް ހެއްކެއް އެބަހުރި ކަމަށެވެ. ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް