ގދ. ހޯނޑެއްދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މައްސަލަ މިހާރު ބަލަން ފަށާފައިވާކަމުގައު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ އެ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑަޑްސް އިން މިހާރު ބަލަން ފަށާފައިވާކަމަށެވެ.
"ރާއްޖޭގެ ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުންވެސް އެ މައްސަލަ ހާއްސަ ސަމާލުކަމެއް ދެއްވައިގެން އަވަހަށް ބެއްލެވުމަށް ދަންނަވައިފިން" އިމްރާން ވިދާޅުވިއެވެ.
މިކަމުގައި އިމްރާން އިތުރަށް ވިދާޅުވީ މި މައްސަލާގައި ފުލުހުން އިހުމާލުވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާގުޅިގެން އަޅަންވާ ފިޔަވަޅު އަޅަން [އިންޝާﷲ] ފަސް ނުޖެހޭނެކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ފުލުހުުން މިރޭ ހާމަކޮށްފައިވާގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު، މެއަށް ތަދެއް އަރައި، ސީޒަރއެއް ޖެހުންފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔަަކަމަށެވެ. އަދި ގެންދިޔައިރުވެސް ނިޔާވެފައިވާކަށް ޑަކުޓަރު މައުލޫމާތުދެއްވިކަމަށެވެ.
"ނިޔާވެފައިވަނީ 43 އަހަރުގެ ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާއި ގުޅޭގޮތުން ފުލުުހުން އިތުރަށް ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައިކަމަށާއި އެ ލޯންޗުގައި އާންމުންވެސް ތިބިކަން ފާހަގަކުރާކަމަށެވެ. އަދި މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ނިންމާފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހދ. ހޯނޑެއްދުއަށް ނިސްބަތްވާ އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް