ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވެއްޖެ – ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލާނެ

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ. ހޯނޑެއްދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން މިއަދު ފުލުހުން ބުނެފައިވަނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށ...

25 Oct 2022 | 13:53

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ. ހޯނޑެއްދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން މިއަދު ފުލުހުން ބުނެފައިވަނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު، މެއަށް ތަދެއް އަރައި، ސީޒާއެއް ޖެހުންފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންދިޔަކަމަށާއި ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑަކުޓަރު މައުލޫމާތު ދީފައިވާކަމަށެވެ.

"މި ހާދިސާއާ ގުޅޭ މައުލޫމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް، ތަހުގީގުކޮށްދެއްވުމަށް މިހާރު ވާނީ އެދިފައި" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ގދ. ހޯނޑެއްދުއަށް ނިސްބަތްވާ، އަބްދުﷲ ނަމަކަށް ކިޔާ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް