ޗާރޫ އާއި ރާޖީވް އަނެއްކާވެސް ވަރިއާއި ދިމާލަށް!

އިންޑިއާގެ މަޝްހޫރު ޓިވީ އެކްޓްރެސް ޗާރޫ އަސޯޕާ އާއި ފިރިމީހާ ރާޖީވް ސެން އަނެއްކާވެސް ވަރިވާން ނިންމައިފި އެވެ. މި ދެ ތަރިން ކައިވެނި ކުރީ 2019 ވަނަ އަހަރު އެވެ. ދެމަފިރިންނަށް މިދިޔަ އަހަރު އަންހެން...

25 Oct 2022 | 09:34

އިންޑިއާގެ މަޝްހޫރު ޓިވީ އެކްޓްރެސް ޗާރޫ އަސޯޕާ އާއި ފިރިމީހާ ރާޖީވް ސެން އަނެއްކާވެސް ވަރިވާން ނިންމައިފި އެވެ.

މި ދެ ތަރިން ކައިވެނި ކުރީ 2019 ވަނަ އަހަރު އެވެ. ދެމަފިރިންނަށް މިދިޔަ އަހަރު އަންހެން ދަރިއަކު ލިބުނު އިރު އެ ކުއްޖާއަށް އަދި 11 މަހެވެ.

ޗާރޫ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ވަރިވާން ނިންމީ ދެ މީހުން ވާހަކަ ދެއްކުމަށް ފަހު ދެން ނޫޅެވޭނެކަން ޔަގީންވުމުން ކަމަށެވެ. އަދި މިހާރު ވަރީގެ މައްސަލައިގަ ކުރިޔަށް ދިއުމަށް އޭނާ އިސްވެ މަސައްކަތް ފަށާފައިވާ ކަމަށް ޗާރޫ ބުންޏެވެ.

މިިއީ ދެމީހުން ވަރިވާން ނިންމި ދެ ވަނަ ފަހަރެވެ. ދެމީހުން ފުރަތަމަ ވަރިވާން އުޅުނީ ދަރިފުޅު ޒިއާނާ ސެން ލިބުނު ފަހުންނެވެ. އޭރު ދެމީހުން ސުލްހަ ވުމަށް ފަހު ޗާރޫ ބުނެފައިވަނީ ވަރި ނުވާން ނިންމީ ދަރިފުޅަށް ޓަކައިކަމަށެވެ.

އެކަމަކު މި ފަހުން އޭނާ ބުނީ މިފަހަރު އޭނާގެ ނިންމުން ބަދަލު ނުކުރާނެ ކަމަށާއި ރާޖީވް ދުވަހަކުވެސް ރަނގަޅު ނުވާނެ ކަމަށެވެ.

ޗާރޫ މީޑިއާގައި ބުނީ ރާޖީވް އޭނާއަށް އަނިޔާކޮށް ޝައްކު ކުރާ ކަމަށެވެ. އެގޮތުން ޑްރާމާ ސިލްސިލާތަކުގައި އޭނާ އާއި އެކު މަސައްކަތް ކުރާ ފިރިހެން ތަރިންނަށް ގުޅައި ޗާރޫ އާއި މާ ގާތް ނުވުމަށް އިންޒާރު ދީފައިވާ ކަމަށް ބުންޏެވެ.

ޗާރޫ މަޝްހޫރުވި ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި "މޭރީ އަންގްނޭ މޭ" އަދި "ޖީޖީ މާ" ފަދަ ސީރީޒްތައް ހިމެނެ އެވެ.

ރާޖީވް އަކީ ސުޝްމިތާ ސެންގެ ކޮއްކޮ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް