ހޮޓް ޑޯގް އަކީ ސިއްޚަތައް ނުރައްކާތެރި އެއްޗެއް. ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ - ދިރާސާ

ހިތުގެ ތަފާތު ބަލިތަކަކީ ދުނިޔޭގެ އިތުރުން މިއަދު ދިވެހިންގެ ތެރޭގައި ވަރަށް ޢާއްމު ނުރައްކާތެރި ބައްޔެކެވެ. މިހާ ހަލުވިކޮށް މި ބަލީގައި އެތައް ފުރާނައެއް ނެތިވެފަނާވެ ދާދިއުމާމެދު ދިރާސާ ކުރާ ފަރާތްތ...

25 Oct 2022 | 09:03

ހިތުގެ ތަފާތު ބަލިތަކަކީ ދުނިޔޭގެ އިތުރުން މިއަދު ދިވެހިންގެ ތެރޭގައި ވަރަށް ޢާއްމު ނުރައްކާތެރި ބައްޔެކެވެ. މިހާ ހަލުވިކޮށް މި ބަލީގައި އެތައް ފުރާނައެއް ނެތިވެފަނާވެ ދާދިއުމާމެދު ދިރާސާ ކުރާ ފަރާތްތަކާއި ސިއްޙީ ތަޖުރިބާކާރުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް އިރު މިއީ އަޅުގަނޑު މެންގެ އުޅުމާއި ދިރިއުޅުމުގެ އާދަ ތަކާއި ކެއިންބުއިމާވެސް ގުޅިލާމެހިފައިވާ ކަމެކެވެ.

ބަންދު ކުރި ދަޅާ ފުޅީގައި ހުންނަ މީރު ކާބޯތަކެއްޗާއި ދޮންވެ ފައްކާވެފައިވާ ތާޒާ މޭވާ އާއި ތަރުކާރީ ބޭނުންކޮށްލާ ވަގުތު އޭގެ ވަހާއި ރަހައިން ކިތައްމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމުގައި ވިޔަސް އެތެރެ ހައްޓަށް އެ ފޮނުވާލެވެނީ ގޮތްނޭނގޭ އެތައް ވިހަ މައްދާތަކެކެވެ. ބައެއް ދިރާސާ ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމްނެ އަނގަޔަށް މީރުކޮށް ކޮންމެ ދުވަހަކު މި ކާ އެއްބާވަތެއްކަމުގައިވާ ހޮޓްޑޯގަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ އެއްބާވަތެވެ.

އަޅުގަނޑުމެންގެ އާދަކާދަ މިހާރު ހުންނަގޮތުން ހޮޓްޑޯގަކީ ކޮންމެ ދުވަހަކުވެސް ވަރަށް އާންމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތެކެވެެ. އަނގަޔަށް ކިތައްމެ މީރު ކާ އެއްޗަކަށް ހޮޓްޑޯގް ވީކަމުގައި ވިޔަސް މިއީ ކާންހެޔޮވާވަރު އެއްޗެއް ނޫނެވެ. މީގައި އެކުލެވޭ ސޯޑިއަމް ފޮސްފޭޓް ފަދަ މާއްދާ ތަކަކީ ހަށިގަނޑުސުއްނާފަތިކޮށް މަރާލާ ބާވަތްކަކެވެ.

ދާދި ފަހުން ކުރި ދިރާސާއެއްގައި ދައްކާ ގޮތުުގައި ހޮޓް ޑޯގް އާއި އެހެނިހެން ޕްރޮސެސްޑް މީޓް ހިމެނޭ ކާނާގެ ބާވަތް ތަކަކީ ހިތުގެ ބަލިތައް ޖެހުމަށް މަގު ފަހި ކުރުވާ ބާވަތްތަކެވެ. 100،000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ޕްރޮސްޕެކްޓިވް އާބަން ރޫރަލް އެޕިޑެމިއޮލޮޖީ (ޕީޔޫއާރު) އިން ކުރި ދިރާސާގައި އެނގުނު ގޮތުގައި ހޮޓްޣޯގް ފަދަ ބާވަތްތަކު ކާނާ ބޭނުން ކުރުމުގެ ސަބަބުން ހިތުގެ މައްސަލަތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވެއެވެ.

ދިރާސާގައި ވާ ގޮތުން އެންމެ ހޮޓް ޑޯގަކުން ވެސް ސިއްހަތަށް ބޮޑު ނުރައްކަލެއް ކުރިމަތި ވެދާނެ އެވެ. ހޮޓް ޑޯގް އަކީ ޕްރޮޓީން ގިނައިން ހިމެނޭ އެއްޗަކަށް ވިޔަސް، އޭގައި ސެޗުރޭޓެޑް ފެޓް އާއި ސޯޑިއަމް ގިނައެވެ. ހޯދުންތަކުން ދައްކާ ގޮތުގައި ހޮޓް ޑޯގެއްގައި އެވްރެޖްކޮށް ގާތްގަނޑަކަށް 150 ކެލޮރީ އާއި 12 ގްރާމް ފެޓް ހިމެނެ އެވެ. ހޮޓް ޑޮގެއްގައި ގިނައިން ހުންނަ ފެޓް އަކީ ސެޗުރޭޓެޑް ފެޓް ކަމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން

ހޮޓް ޑޯގްގައި ކޮލެސްޓްރޯލް އާއި ސޯޑިއަމް އެކުލެވިގެންވާތީ ލޭމައްޗަށް ދިއުން ފަދަ ކަންކަން މެދުވެރިވެ އެވެ. 100 ގްރާމް ހޮޓް ޑޯގްގައި 77 މިލިގްރާމް ކޮލެސްޓްރޯލް އަދި 1،090 މިލިގްރާމް ސޯޑިއަމް ހުންކަމަށް ސިއްޚީ ތަޖުރިބާކާރުން ބުނެއެވެ.

ހޮޓް ޑޯގް އަކީ ވިޓަމިންސް އާއި މިނަރަލްސް އެއްވެސް ވަރަކަށް އެކުލެވިގެ ވާބާވަތެއް ނޫންނަމަވެސް އެތަކެތީގައި ވިޓަމިން އޭ، ވިޓަމިން ބީ12، އަދި ކެލްސިއަމްގެ މިންވަރު ކޮންމެވެސް ވަރަށް އެކުލެވިގެންވެއެވެ. ނަމަވެސް މާ ގިނައިން ހޮޓް ޑޯގް ކާނަމަ ހަށިގަނޑުން ވިޓަމިންތަކާއި މިނަރަލްތައް މަދުވުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ސިއްޚީމާހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް