ދެ ބިލިޔަނަށްވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ ވަޓްސް އެޕް ޑައުންވެއްޖެއެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުން ބުނާގޮތުގައި ހިދުމަތް އެކި ދިމަދިމާއިން ކެނޑެމުން ކެނޑެމުން ގޮސް މުޅިން އެކުގައިގެން ވަޓްސް އެޕްގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި ވަޓްސްއެޕްގެ ބެލެނިވެރި ފަރާތްކަމުގައިވާ މެޓަ އިން އަންނަނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމުގައިވެސް ޓެކް ކްރަންޗް ފަދަ ބޮޑެތި މީޑިއާތަކުން ބުނެފައިވެއެވެ.
ވަޓްސް އެޕް ޑައުން ވާންވީ ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ރަސްމީ ކޮމެންޓެއްގެ ގޮތުގައި މެޓަ އިން ބުނަނީ ކޮންމެވެސް ވަރެއްގެ ޑައުން އެއް އުޅޭކަން އެ ފަރާތަށްވެސް އެނގޭ ކަމަށެވެ. އަދި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް