ހުރަވީ ބިލްޑިންގް ތަޅާލުމުގެ މަސައްކަތް ފެށީ މިިއަހަރުގެ މެއި މަހުގެ ތެރޭގައި އެވެ. ސަރުކާރުން ނިންމާފައިވަނީ އެ ބިމުގައި އިތުރު އިމާރާތެއް ނުކޮށް ޕާކެއް ހަދާށެވެ.
އެ މަސައްކަތް މިހާރު ކުރިޔަށް ދާއިރު ޕްލޭނިން މިނިސްޓްރީން ބުނީ މަސައްކަތް ނިމޭއިރު އެތަނުގައި ޕާކިން ޒޯނަކާއި މީހުން ހިތްހަމަ ޖައްސާލަން އިށީނދެލެވޭނެ ގިނަ ތަންތަން ހަދާނެ ކަމަށެވެ. އެ މިނިސްޓްރީން މަސައްކަތް ކުރަނީ ނޮވެމްބަރު 11 އަށް އެ ޕާކުގެ މަސައްކަތް ނިންމުމަށެވެ.
ކުރިން އެބިމުގައި ހުރި ހުރަވީ ބިލްޑިންގަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އަޅަން ފަށައި ދެ ވަނަ ދައުރުގައި ހުޅުވައި ބޭނުން ކުރަންފެށި ތަނެކެވެ.
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގި އެ އިމާރާތް ތަޅާލަން ނިންމީ 35 އަހަރު ފަހުން ބާވެ އިމާރާތް ބޭނުން ނުކުރެވޭވަރު ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް