ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް ކިތަންމެ ހެއްކެއް އެބަހުރި: ރައީސް ނަޝީދު

ފޯޅަވައްސަކީ ރާއްޖޭޣެ ރަށެއްކަމަށްބުނެވޭނެ ކިތަންމެ ހެއްކެއް އެބަހުރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ޗާގޮސް/ރާއްޖެ ބޯޑަރު މައްސަލަ ހޫނުވެފައިވާ މި ދ...

25 Oct 2022 | 04:38

ފޯޅަވައްސަކީ ރާއްޖޭޣެ ރަށެއްކަމަށްބުނެވޭނެ ކިތަންމެ ހެއްކެއް އެބަހުރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޮސް/ރާއްޖެ ބޯޑަރު މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ފޯޅަވައްސަކީ މިވަގުތު ވަކި ގައުމެއްގެ ތަނެއް ނޫންކަމަށެވެ. އެތަން ބަލަހައްޓަނީ އިނގިރޭސިން ކަމަށެވެ. އެއީ ރާއްޖޭގެ ތަނެއް ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށެވެ.

"ފޯޅަވަހި އަކީ ޗާގޮސް އަތޮޅު ތަކުގެ ތެރެއިން އަތޮޅެއް، ޔޫރަޕް މީހުން އެތަނަށް ކިޔަން ފެށީ ޕެރޮސް ބަންހޮސް" ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިހުޒަމާނުގައި ފޯޅަވަހި އެއީ މީހުން ދިރިއުޅޭ ތިޔާގި ރަށެއް ކަމަށާއި 1500ގެ އަހަރުތަކަށް ފަހުން ކުރަހަމުން އައި ދިވެހިރާއްޖޭގެ ގިނަ ޗާޓުތަކުގައި އައްޑޫގެ ދެކުނަށް އެ ވާ އަތޮޅަކީ ފޯޅަވަހިކަމަށެވެ.

"1560 ވަނަ އަހަރު ނުވަ ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި އެ ރަދުން ބަޔާންކުރައްވަނީ ފޯޅަވަހީގެ ހަތް ރަށް އެއީ ރާއްޖޭގެ ރަށްރަށް ގޮތުގަ" ނަޝީދު ވިދާޅުވެފައިވެއެވެ.

މި މައުލޫގައި ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދުކަމަށް ބަޔާންކުރަނީ ފޯޅަވައްސާއެކުގައި ކަމަށާއި ފޯޅަވަހި އެއީ ރާއްޖޭގެ ރަށެއްކަމަށް ބުނުމަށް ކިތަންމެ ތާރީހީ އަދި ސަގާފީ ގުޅުމުގެ ހެކި އެބަހުރިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް