އިނގިރޭސި އައު ބޮޑުވަޒީރަކަށް ރިޝީ ސުނާކް – މިއީ އިނގިރޭސި ތާރީހުގައި ހިންދޫއަކު ބޮޑުވަޒީރުކަމާ ހަވާލުވާ ފުރަތަމަ ފަހަރު

އިނގިރޭސިވިލާތުގެ ރޫލިން ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕް ކޮންޓެސްޓް ކާމިޔާބުކުރައްވައިގެން އެ ގައުމުގެ އައު ބޮޑުވަޒީރުގެ މަގާމު އެ ޕާޓީގެ މެންބަރު ރިޝީ ސުނާކް ހޯއްދަވައިފިއެވެ. ވެރިކަމާ ހަވާލުވިތާ 45 ދުވ...

25 Oct 2022 | 02:55

އިނގިރޭސިވިލާތުގެ ރޫލިން ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕް ކޮންޓެސްޓް ކާމިޔާބުކުރައްވައިގެން އެ ގައުމުގެ އައު ބޮޑުވަޒީރުގެ މަގާމު އެ ޕާޓީގެ މެންބަރު ރިޝީ ސުނާކް ހޯއްދަވައިފިއެވެ.

ވެރިކަމާ ހަވާލުވިތާ 45 ދުވަސް ތެރޭގައި ލިޒް ޓްރަސް އިސްތިއުފާ ދެއްވުމުން ހުސްވި ބޮޑުވަޒީރުގެ މަގާމު ރިޝީ ސުނާކަށް ލިބިލެއްވީ އެ ގައުމުގެ ހައުސް އޮފް ކޮމަންސްގެ ލީޑަރު ޕެނީ މޯޑޮންޓާ ވާދަކުރައްވައިގެންނެވެ. ޕެނީއަށް ލިބިލެއްވީ 30 ވޯޓެވެ. ސުނާކަށް 150 ވޯޓު ލިބިލެއްވިއެވެ.

1980 ގައި އިނގިރޭސިވިލާތުގެ ސައުތެމްޓަން ސިޓީއަށް އުފަންވި ސުނާކްގެ މައިންބަފައިންނަކީ 1960ގެ އަހަރުތަކުގެ ތެރޭގައި އިރުމަތީ އެފްރިކާއިން އިނގިރޭސިވިލާތަށް ހިޖުރަކުރި ބައެކެވެ.

ސުނާކު ކައިވެނިބައްލަވައިގެން އުޅުއްވަނީ އިންޑިއާގެ ބިލިޔަނަރެއްކަމުގައިވާ އެން އާރް ނަރާޔަން މޫރްތީގެ ދަރިކަލުން އަދި މަޝްހޫރު ފެޝަން ޑިޒައިނަރު އަކްޝަތާ މޫރްތީ އާއެވެ.

2015 އިން ފެށިގެން ކޮންޒަވޭޓިވް ޕާޓީގެ މެމްބަރ އޮފް ޕާލަމެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ރިޝީ ސުނާކަކީ އިނގިރޭސި ތާރީހުގައި އެންމެ ހަގު އުމުރުގައި ބޮޑުވަޒީރުކަމާ ހަވާލުވެލައްވާނެ ފަރާތެވެ. އަދި ސުނާކް ވެގެންދާނީ އިނގިރޭސި ތާރީހުގައި ހިންދޫއަކު އެ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެލައްވާ ފުރަތަމަ ފަހަރަށެވެ.

ބޮޑުވަޒީރުކަން ލިބިލެއްވުމާއެކު ސުނާކް ވައުދުވެފައިވަނީ ބައިބައިވެފައިވާ ޕާޓީ އެކަތިގަނޑަކަށް ހަދާ ގައުމުވެސް ހަމަ މަގަށް އެޅުވުމަށެވެ.

ބޮޑުވަޒީރުކަން ސުނާކް ކާމިޔާބުކުރައްވާފައިވާއިރު ސުނާކަކީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެ ގައުމުގައި ބޮޑުވަޒީރުކަން ކުރައްވާ ތިންވަނަ ބޭފުޅާއަށް ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް