ހުސްވެެފައިވާ އެސްޓަން ވިލާގެ ކޯޗުކަމާއި އުނާއި އެމެރީ ހަވާލުވާން ނިންމައިފި އެވެ.
މި ސީޒަނުގައި އެސްޓަން ވިލާއިން ހޯދަމުން އައި ދައް ނަތީޖާތަކުގެ ސަބަބުން އެޓީމުގެ ކޯޗުކަމުގައި ހުރި ސްޓީވެން ޖެރާޑް މިދިޔަ އާދިއްތަ ދުވަހު މަޤާމުމް ވަކިކުރުމަށް ފަހު އެ މަޤާމަށް އެމެރީ ހަމަޖައްސަން އެސްޓަން ވިލާއިން ނިމާފައިވާއިރު، އޭނާ އެސްޓަން ވިލާގެ ކޯޗުކަމާއި ރަސްމީކޮށް ހަވާލުވާނީ ވިސާގެ ކަންތައް ނިމުމުން އަންނަ ނޮވެމްބަރު މަހު އެއްވަނަ ދުވަހުން ފެށިގެންނެވެ.
ވިލާ އިން އެމެރީ ކޯޗަކަށް ގެނައުމަށް ނިންމާފައިވާއިރު، އޭނާއާ އެކު ވިޔަރެއާލުން ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް އެމެރީ ވިޔަރެއާލް އާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލަން އެސްޓަން ވިލާއިން ވަނީ 5.2 މިލިއަން ޕައުންޑުގެ ފީއެއް ދައްކައިފަ އެވެ. މިވަގުތު ވިޔަރެއާލްގެ އެއްބަސްވުމުގެ ދަށުގައި ހުރި އެމެރީ ވިލާގެ ކޯޗުކަމާއި ހަވާލުވަނީ ކިތައް އަހަރުގެ އެއްބަސްވުމެއްގައި ކަމެއްގެ ދަށުންކަމެއް އެސްޓަން ވިލާ އިން ހާމަކޮށްފައެއްނުވެ އެެވެ.
އެމެރީ ވަނީ މީގެ ކުރިން ޕީއެސްޖީ، ސެވިއްޔާ، އާސެނަލް އަދި ވެލެންސިއާ ފަދަ ކުލަބުތަކަށް ކޯޗު ކޮށްދީފައެވެ. އެމެރީގެ ކޯޗުކަމުގައި ސެވިއްޔާއިން ވަނީ ޔޫރޮޕާ ލީގު ތިން ފަހަރު ހޯދާފައެވެ. އަދި މިހާރު ކޯޗުކޮށްދެމުން އަންނަ ވިޔަރެއާލް އާއި އެކުވެސް އެމެރީ ވަނީ 2021 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ކަން ހޯދައިދިނުމުގެ އިތުރުން ނިމިގެން ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ވެސް އެޓީމު ގެންގޮސްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް