އިދިކޮޅު މެމްބަރުން ބަޖެޓު ބަހުސް ބޮއިކޮޓް ކޮށްފި

ސަޕްލިމެންޓަރީ ބަޖެޓަށް ބަހުސް ކުރަން މިހާރު ރައްޔިތުން މަޖިލީހުގައި ކުރިއަށްދިޔަ ޖަލްސާ، އިދިކޮޅު މެމްބަރުން ބައިވެރިވެ ވަޑައިނުގެން، އެ ޖަލްސާ ބޮއިކޮޓް ކުރައްވައިފިއެވެ. މި އަހަރުގެ ތިންވަނަ ދައުރުގ...

25 Oct 2017 | 11:04

ސަޕްލިމެންޓަރީ ބަޖެޓަށް ބަހުސް ކުރަން މިހާރު ރައްޔިތުން މަޖިލީހުގައި ކުރިއަށްދިޔަ ޖަލްސާ، އިދިކޮޅު މެމްބަރުން ބައިވެރިވެ ވަޑައިނުގެން، އެ ޖަލްސާ ބޮއިކޮޓް ކުރައްވައިފިއެވެ.

މި އަހަރުގެ ތިންވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާ ފެށިގެން ކުރިއަށްދިޔައިރު އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ އެއްވެސް މެމްބަރަކު އެ ޖަލްސާގައި ބައިވެރިވެފައެއް ނުވެ އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިސްތިއުފާއަށް ގޮވާލައި މި ދައުރުގެ ގިނަ ޖަލްސާ ތަކުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖްކުރި ނަމަވެސް އިއްޔެ ކުރިއަށްދިޔަ ޖަލްސާގެ ވަކި ހިސާބަކުން އިދިކޮޅު މެމްބަރުން ވަނީ މަޖިލިސް ދޫކުރައްވައި ވަޑައިގަންނަވާފައެވެ.

މިއަދުގެ ޖަލްސާގެ ބަހުސް މަރުހަލާގައި، ޑިމޮކްރަސީއޭ ކިޔައިގެން މަޖިލީހުގެ ތެރޭގައި ބަޔަކު އަޑު ގަދަކުރި ނަމަވެސް ކަންކަން ކުރަންވީ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ލިޔެވިފައި އެބައޮތް ކަމަށާއި، މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު މެމްބަރުން ވާހަކަ ދެއްކި ނަމަވެސް ވޯޓުވެސް ނަގަންޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މުސާމަނިކު ވިދާޅުވި އެވެ.

ދައުލަތުން މިއަހަރު އިތުރަށް ކުރަންޖެހޭ ހަރަދުތަކާ ގުޅިގެން، މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައިވާ ފައިސާގެ ޖުމްލަ އަދަދަކަށް، 493 މިލިއަން ރުފިޔާވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައި ނުގަންވަނީ ކީއްވެގެން ކަމެއް އަދި އިދިކޮޅު އިއްތިހާދުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް