ކުނީގެ ބިލް ފޮނުވާނީ އެސްއެމްއެސްއަކުން: ވެމްކޯ

މާލޭގައި ކުނި އުކައިދިނުމުގެ ހިދުމަތް ދެމުން އަންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބިލު ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ. ވެމްކ...

25 Oct 2017 | 09:07

މާލޭގައި ކުނި އުކައިދިނުމުގެ ހިދުމަތް ދެމުން އަންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބިލު ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވެމްކޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ ނިޔަލަށް އެކުންފުނީގައި ރަޖިސްޓްރީ ކޮށްފައިތިބި ފަރާތްތަކަށް ދެ އެސްއެމްއެސް އެއް ފޮނުވާނެ ކަމަށާއި، ފުރަތަމަ އެސްއެމްއެސް އަކީ ވެމްކޯގެ ހިދުމަތުގެ ބިލު ކަމަށާއި ދެން ފޮނުވާނެ އެސްއެމްއެސްއަކީ އެ ބިލާ ގުޅޭ ގޮތުން ޝަކުވާއެއް ވާނަމަ އެ ޝަކުވާ ހުށަހަޅާނެ ގޮތް އަންގައިދޭ އެސްއެމްއެސް އެއް ކަމަށެވެ.

މިއަދުން ފެށިގެން ކަސްޓަމަރުންނަށް އެސްއެމްއެސް ފޮނުވާނެ ކަމަށާ އެސްއެމްއެސް ލިބޭތާ ހަތްދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅަންވާނެ ކަމަށް ވެމްކޯ އިން ބުނެފައި ވެ އެވެ. އަދި ހުށަހެޅޭ ޝަކުވާތަކަށް 14 ދުވަހުގެ ތެރޭގައި ޖަވާބުދޭނެ ކަމަށްވެސް ވެމްކޯ އިން އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ވެމްކޯ އިން އަންނަނީ މާލެ ސަރަހައްދުގައި ހިމެނޭ މާލެ އަދި ހުޅުމާލޭގައި ކުނި އުކައިލުމުގެ ހިދުމަތް ދެމުންނެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިލިމާލޭގައިވެސް ކުނިއުކައިލުމުގެ ހިދުމަތް ފެށުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް