ދިރާގު ޓީވީ ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފި އެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ފަރާތަކަށް އެލްޖީ 65 އިންޗްގެ k4 ސްމާޓް ޓީވީ އަކާއި ބޯސް ސައުންޑްބާ އެއް ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން އިއުލާނު ކޮށްފައިވަނީ އިއްޔެ ހަވީރު ދިރާގު ހެޑް އޮފީހުގައި ބޭއްވި ވަރަށް ހާއްސަ އިވެންޓެއްގައި އެވެ.
މި ޕްރޮމޯޝަން އިފްތިތާހް ކޮށްދެއްވީ، ދިރާގު ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް އަހްމަދު މައުމޫން އާއި ދެކުނު އޭޝިއާ ސަރަހައްދުގެ ސޮނީ ޕިކްޗާރސް ނެޓްވޯކް ގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް ސުޝިލް ސިންގް އެވެ.
އިއްޔެގެ އިވެންޓުގައި ސޮނީ ޕިކްޗާރސް ނެޓްވޯކްސް (އެސްޕީއެން) ގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް ސުޝިލް ސިންގް ދިރާގު ޓީވީގައި ބްރޯޑްކާސްޓް ކުރާ ސޮނީގެ ބައެއް ޗެނަލްތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދެއްކެވިއެވެ. ދިރާގު ޓީވީގައި މިހާރު ސޮނީ އީއެސްޕީއެން އެޗް، ސޮނީ ޓެން ޗެނަލްސް، ސޮނީ އެޗްޑީ، ސެޓް މެކްސް އެޗްޑީ އަދި ސޮނީ ޕިކްސް އެޗްޑީ ލިބިގެންދާނެ ކަމަށް ދިރާގުން ހާމަކުރެ އެވެ.
ދިރާގުން ހާމަކުރާގޮތުގައި ސޮނީ ޕިކްޗާރސް ނެޓްވޯކްސް (އެސްޕީއެން) 11 ޗެނަލެއް ދިރާގުޓީވީން ބެލޭނެއެވެ. މީގެ ތެރޭގައި މަޝްހޫރު ކުޅިވަރު އިވެންތްތައް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރަޕްގެ މަޝްހޫރު ގިނަ ފުޓުބޯޅަ ލީގްތައް ހިމެނުމުގެ އިތުރުން ހަމައެކަނި ދިރާގު ޓީވީން ބަލާލަން ލިބޭ ސޮނީ ރޮކްސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް