ސިންގަޕޫރު މީހުންނަށް އެންމެ ކަމުދާ ބްރޭންޑަކީ މައިލޯ ކަމުގައި ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާ އަކީ ކަންޒިއުމަރ ރިސާޗް އެޖެންސީއެއް ކަމުގައިވާ ޑީބީއާރުސީ އޭސިއާއިން ކޮށްފައިވާ ދިރާސާ އެކެވެ.
އެ ދިރާސާގައިވާގޮތުން ސިންގަޕޫރު މީހުންނަށް ދެވަނަ އަށް އެންމެ ކަމުދާ ބްރޭންޑަކީ ސިންގަޕޯ އެއާލައިންސް އެވެ. ތިންވަނައިގާ ހިމެނެނީ ވިސާ އެވެ. ހަތަރު ވަނައިގާ ސެވަން އިލަވަން ހިމެނިފައިވާއިރު ސިންގަޕޫރު އުފެއްދުމެއް ކަމުގައިވާ ގޯލްޑަން ވިލެޖު ހިމެނިފައިވަނީ ފަސް ވަނައިގަ އެވެ.
މި ދިރާސާއަކި އުމުރުން 18 އަހަރާއި 54 އަހަރާއި ދެމެދުގެ 1500 މީހުންގެ ހިޔާލު ހޯދައިގެން ސިންގަޕޫރުގައި އެކުލަވާލާފައިވާ ދިރާސާއެއް ކަމުގައި މ ދިރާސާހެދި އެޖެންސީން ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް