އިންޑިއާގައި ރޭލު ދަގަނޑެއް ހުރަސް ކުރަން އުޅުމުގެ ތެރޭގައި ހަތަރު އަންހެނަކު މަރުވެ ފަސް އަންހެނަކު ޒަހަމްވެއްޖެ އެވެ.
އިއްޔެ، މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އިރުމަތީ ސަރަހައްދެއް ކަމުގައިވާ ބިހާރު ސްޓޭޓުގަ އެވެ.
ރޭލު ހުރަސްކުރަން އުޅުމުގެ ތެރޭގައި މަރުވި އަދި ޒަހަމްވި މީހުންނަކީ ދީނީ އަޅުކަމެއް އަދާކުރުމަށް ކޯރެއްގެ އައްސޭރިއަށް ދިއުމަށްފަހު އެނބުރި އަވަށަށް ދިޔަ ބައެއް ކަމަށް އިންޑިއާގެ ފުލުހުން ބުނެފައި ވެ އވެެ.
އިންޑިއާގެ ފުލުހުން ބުނެފައިވަނީ އެމީހުން ހުރަސް ކުރީ މަނާ ސަރަހައްދަކުން ކަމަށާއި އަދި އެ ވަގުތަކީ ދުން ބޯ ވަގުތެއް ކަމުން ދުރުން ރޭލެއް އައިކަން އެމީހުންނަށް ނޭނގުނީ ކަމުގައި ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް