އެންމެ ވިސްނުން ތޫނު މީހާގެ ގޮތުގައި އަދި މި ޒަމާނުގައި މި ދެކޭ ފިޒިކްސްގެ ބައްޕަ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ އަލްބަޓް އައިންސްޓައިން ލިޔެފައިވާ ތިއަރީ އެއް ނީލަމެއްގައި 1.5 މިލިޔަން ޑޮލަރަށް ވިއްކާލައިފި އެވެ.
އިޒްރޭލުގެ ވެރިރަށް އޫރުސަލީމްގައި އިއްޔެ ކުރިއަށްދިޔަ ނީލަމެއްގައި އެ އަގުގައި ވިއްކާލާފައިވަނީ އުފާވެރި ދިރިއުޅުމެއް ހޯދުމާއި ބެހޭގޮތުން އައިންސްޓައިން އެކުލަވާލާފައިވާ ތިއަރީ އެކެވެ.
މި ތިއަރީ ގަތީ ކާކުކަން، ނީލަން ކީ ފަރާތުން ހާމަކޮށްފައެއް ނުވެ އެވެ. ހަމަ މި ނީލަމުގައި އައިންސްޓައިންގެ އިތުރު ލިޔުމެއްވެސް ބޮޑު އަގުގައި ވިއްކާލާފައި ވެ އެވެ. އެއީ "where there is a will, there is a wat" މިހެން ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުން ވިއްކާލާފައިވަނީ ދެ ލައްކަ ސާޅީސް ހާސް ޑޮލަރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް