ކަޕިލް ޝަރުމާގެ ފިލްމު "ފިރަންގީ" ގެ ފުރަތަމަ އިސްތިހާރު ދައްކާލައިފި

ކަޕިލް ޝަރުމާ ޕްރޮޑިއުސް ކޮށް އަދި އޭނާ އެކްޓް ކޮށްފައިވާ ފިލްމު "ފިރަންގީ" ގެ އިސްތިހާރު އާއްމު ކޮށްފި އެވެ. މި އިސްތިހާރު އާއްމުކޮށްފައިވަނީ މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަ...

24 Oct 2017 | 22:54

ކަޕިލް ޝަރުމާ ޕްރޮޑިއުސް ކޮށް އަދި އޭނާ އެކްޓް ކޮށްފައިވާ ފިލްމު "ފިރަންގީ" ގެ އިސްތިހާރު އާއްމު ކޮށްފި އެވެ.

މި އިސްތިހާރު އާއްމުކޮށްފައިވަނީ މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފިލްމުގެ ކްރޫން ބައިވެރިވެފައިވެ އެވެ.

ފިލްމު ފިރަންގީ އަކީ އިނގިރޭސީންގެ އަތްދަށުގައި އިންޑިއާ އޮތް ޒަމާނުގެ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގައި ބަތަލާގެ ރޯލު އަދާކުރަނީ އިޝީތާ ދައްތާ އެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ރަޖީވް ދިންގްރާ އެވެ. ފިލްމު ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް