މި އަހަރަކީ ބޮލީވުޑް އަންހެން ތަރިން ވިހުމުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ އަހަރެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ރިޕޯޓްތަކަށް އަނެއްކާވެސް މިވަނީ ބޮޅެއް އިތުރުވެގެން ގޮސްފަ އެވެ. އެއީ ބޮލީވުޑް ބަތަލާ އާސިން އާއި ރާހުލް ޝަރުމާ އަށް އަންހެން ދަރިއަކު ލިބުނު ކަން އިއުލާނު ކުރުމުންނެވެ.
އާސިން އަށް އަންހެން ކުއްޖަކު ލިބުނު ކަން އިއްޔެ އިއުލާނު ކޮށްފައިވާއިރު ބޮލީވުޑް ބަތަލާ އިޝާ ޑިއޯލް އަށް އަންހެން ދަރިއަކު ލިބުނު ކަން މި މަހުގެ 20 ވަނަ ދުވަހު ވަނީ އިއުލާނު ކޮށްފަ އެވެ.
މި އަހަރު ދަރިން ލިބުނު ބޮލީވުޑް އިތުރު ތަރިންގެ ތެރޭގައި ސެލީނާ ޖެއިޓްލީ، ލީސާ ހޭޑަން އަދި ސޯހާ އަލީ ޚާން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް