އެޕަލްގެ ކޯ ފައުންޑަރު ވޮޒް ބުނަނީ އެންމެ ފުރަތަމަ ދުވަހު އައިފޯނު އެކްސް ނުގަންނާނެ ކަމަށް !

އެޕަލްގެ ކޯ ފައުންޑަރެއް ކަމުގައިވާ ސްޓީވް ވޮޒްނިއަކް، އެޕަލްގެ އެންމެ ފަހުގެ ފޯނު އައިފޯނު އެކްސް ބާޒާރަށް ނިކުންނަ ދުވަހު ނުގަންނާނެ ކަން އޭނާ ބުނެފި އެވެ. އޭނާ މިހެން ބުނެފައިވަނީ ސީއެންބީސީއަށް ދި...

24 Oct 2017 | 22:31

އެޕަލްގެ ކޯ ފައުންޑަރެއް ކަމުގައިވާ ސްޓީވް ވޮޒްނިއަކް، އެޕަލްގެ އެންމެ ފަހުގެ ފޯނު އައިފޯނު އެކްސް ބާޒާރަށް ނިކުންނަ ދުވަހު ނުގަންނާނެ ކަން އޭނާ ބުނެފި އެވެ.

އޭނާ މިހެން ބުނެފައިވަނީ ސީއެންބީސީއަށް ދިން އިންޓަވިއުއެއްގަ އެވެ.

ވޮޒް ބުނެފައިވަނީ އޭނާ އަކީ އައިފޯނުގެ މޮޑެލްތައް މީގެ ކުރިން ނެރޭ ދުވަހު ގަންނަ މީހެއް ކަމަށާއި އެހެންނަމަވެސް އައިފޯނު އެކްސް ނެރޭ ދުވަސް ކަމުގައިވާ އަންނަ ހުކުރު ދުވަސް ވެގެންދާނީ އޭނާގެ އެ ތާރީހު ބަދަލުވެގެން ދާނެ ދުވަހަކަށް ކަމަށެވެ.

ވޮޒް ބުނެފައިވަނީ އޭނާ މިހާރު އައިފޯނު 8 ގަނެފައިވާކަމަށާއި އައިފޯނު 8 އާއިމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އައިފޯނު އެކްސް ގަންނަން ނިންމާނީ އިތުރަށް ބެލުމަށްފަހުގައި ކަމަށްވެސް އޭނާ ބުނެފައި ވެ އެވެ.

ވޮޒް މިހެން ބުނެފައިވާއިރު އައިފޯނު އެކްސް އަށް ލިބޭ ތަރުހީބު ހީކުރާވަރަށްވުރެ ދަށް ވެދާނެ ކަމަށް ދިރާސާއަކުން ދައްކާފައި ވެ އެވެ. އެ ދިރާސާ އަކީ ކަންޒިއުމާ އިންޓެލިޖެންސް ރިސާޗް ޕާޓްނާސްގެ ޑާޓާ އަށް ރިއާޔަތްކޮށް އާއްމުކޮށްފައިވާ ދިރާސާއެކެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި ހީކުރު ވަރަށް ވުރެ ބޮޑު ތަރުހީބެއް އައިފޯނު 8 އަދި އައިފޯނު 8 ޕްލަސް އަށް ވަނީ ލިބިފަ އެވެ. އަދި އެހެންކަމުން އައިފޯނު އެކްސް އަށް އޮތް ތަރުހީބު ކުޑަވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ދިރާގައިވަނީ ފާހަގަ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް