އެޕަލް ކުންފުނީގެ އައު އައިފޯނު މޮޑެލް އައިފޯނު އެކްސް ނުވަތަ އައިފޯނު 10 ގަންނަން ލިބޭނެ ކަމަށް އެޕަލް އިން ކުރިންވެސް ބުނެފައިވަނީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގަ އެވެ. ނަމަވެސް އައިފޯނު 10 ގެ ފޯނެއް އުފައްދަން ގިނަ ދުވަސްތަކެއް ނަގާ ކަމަށާއި ސަޕްލައި އާއި ޑިމާންޑް ދިމާ ނުވާނެ ކަމަށް ބުނެ އަޑުތަކެއް ފެތުރުނެވެ. އެ އަޑުތައް ފެތުރި މީހުން ބުނަނީ ގަންނަން ބޭނުންވާ މީހުންގެ ޑިމާންޑާއި އެއްވަރަށް އައިފޯނު 10 ސަޕްލައި ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް އެޕަލް އިން މިވަނީ އެއަށް ރައްދު ދީފަ އެވެ. އެޕަލް އިން އިއްޔެ ބުނެފައިވަނީ ނޮވެމްބަރު ތިނަކުން ފެށިގެން އެޕަލް ސްޓޯރު ތަކުން އައިފޯނު 10 ގަންނަން ލިބޭނެ ކަމަށެވެ. ދަތިކަމެއް ނެތް ކަމަށެވެ.
އެޕަލް އިން އައިފޯނު 10 އަންނަ މަހުގެ ތިން ވަނަ ދުވަހު އާއްމުކޮށް ވިއްކަން ފަށާނެކަން އިއުލާނުކޮށްފައިވާއިރު މި ފޯނަކީ އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތައް އިންތިހާއަށް އިންތިޒާރު ކުރަމުން އަންނަ ފޯނެކެވެ. މިދިޔަ މަހުގެ ތެރޭގައި އެޕަލްގެ އައިފޯނު 8 އަދި އައިފޯނު 8 ޕްލަސް އަށް މާބޮޑު ތަރުހީބެއް ނުލިބުނީ އައިފޯނަށް ލޯބިކުރާ ފަރާތްތައް އައިފޯނު 10 އަށް އިންތިޒާރު ކުރާތީ ކަމަށް ޓެކްނޮލޮޖީގެ އެކްސްޕާޓުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް