ރައީސްގެ ދެކަނބަލުންނާ ބެހޭގޮތުން ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ހައްދަވަމުން ގެންދަވަނީ އިތުރުފުޅު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/SpokespersonMV/status/658230227420647425
ހަމަ މިކަމާއި ގުޅުވާ އިތުރު ޓްވީޓެއް ކުރައްވާފައިވާއިރު ތަރުޖަމާނު ވިދާޅުވެފައިވަނީ ސަރުކާރު ހިންގުމަށް ރައީސްގެ އަނބިކަނބަލުނ އެއްވެސް އިރެއްގައި ނުފޫޒު ނުފޯރުވާ ކަމަށާއި އެކަމަނާ ކުރައްވާ މަސައްކަތްޕުޅަކީ އިޖުތިމާއީ އަގުހުރި މަސައްކަތްޕުޅު ކަމަށް ތަރުޖަމާނުގެ ދެވަނަ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
https://twitter.com/SpokespersonMV/status/658232239793147904
"ރައީސްގެ އަނބިކަނބަލުންގެ ހިދުމަތްތައް، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާ، ކުޑަކުދިންނާއި، ދުވަސްވީ ފަރާތްތަކުން ހެކިވާނެ" ތަރުޖަމާނުގެ ޓްވީޓްގައި ވެ އެވެ.
މި މޭރުމުން ތަރުޖަމާނު ޓްވީޓްތަކެއް ކުރައްވާފައިމިވަނީ ރޭ ރާއްޖެޓީވީގެ "60 މިނެޓް" ޕްރޮފްރާމްގައި ޑރ. ޖަމީލް ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައި ކަމަށް ބެލެވެ އެވެ. އެ ޕްރޮގްރާމްގައި ޑރ. ޖަމީލް ވިދޅުވީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ހުރިހާ ކަމެއްގެ ތެރެއަށްވެސް ރައީސްގެ އަނބިކަނބަލުން ވަންނަވާ ކަމަށް ވިދާޅުވި އެވެ.
“ވަޒީފާ ހޯދުމަށްވެސް، ބޭސްފަރުވާއަށްވެސް، އެހެނިހެން ކަންކަމަށްވެސް އަތްބާނައްވަނީ ރައީސްގެ އަނބިކަނބަލުން، އެއީ ދުސްތޫރު އޮތް ގޮތެއް ނޫން” ޑރ ޖަމީލު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް