އަޑިއަށްދިޔަ ދެ ދޯނިން ކޮންޓޭނަރުތަކެއް އޮޔާދަނީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

މޫސުން ގޯސް ވުމުގެ ސަބަބުން އިއްޔެ ލ.އަތޮޅާއި ހުވަދު އަތޮޅާ ދޭތެރެއިން ކަނޑު އަޑިއަށް ގޮސްފައިވާ ނޫމަސް ދޯންޏާއި އެޓޯލް އެކްސްޕްރެސް ދޯނިން ބައެއް މުދާ އޮޔާދާތީ އެސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން...

25 Oct 2015 | 10:18

މޫސުން ގޯސް ވުމުގެ ސަބަބުން އިއްޔެ ލ.އަތޮޅާއި ހުވަދު އަތޮޅާ ދޭތެރެއިން ކަނޑު އަޑިއަށް ގޮސްފައިވާ ނޫމަސް ދޯންޏާއި އެޓޯލް އެކްސްޕްރެސް ދޯނިން ބައެއް މުދާ އޮޔާދާތީ އެސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނފައިވަނީ އަޑިއަށް ގޮސްފައިވާ ދެ ދޯނިން އޮޔާދާ ބައެއް މުދާ ތަކުގެ ތެރޭގައި ހަތަރު ކޮންޓެއިނަރު ހިމެނޭތީ މިސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކޯސްޓްގާޑުން އެދިލައްވާ ކަމަށެވެ.

އަދި މިދެދޯނި ދެފެންދޭތެރޭ އޮޔާދާނެކަމަށާއި އޮޔާ ގެންދަނީ ރާއްޖޭގެ އިރުމަތީ ބިތައްކަމަށް ލަފާ ކުރެވޭތީ މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށްވެސް ކޯސްޓްގާޑުން ބުނެ އެވެ.

މިދެދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191  ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެމްއެންޑީއެފުން އެދެ އެވެ. އަދި ފެކްސް ކުރައްވާނަމަ ކުރައްވާނީ 3391665 މިނަމްބަރު ފެކްސްއަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް