މުއްދަތުޖެހުމަށް ނައިބުރައީސް ކޯޓަށް ހާޒިރު ނުކުރާނެ: ވަކީލު

ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާގެ ތަހުގީގަށް ނައިބުރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައިވާއިރު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ނުކުރާނެ ކަމަށާއި އެކަން ކުރިއަށްދާނީ ވީޑިއޯ ކޮންފަރެންސް މ...

25 Oct 2015 | 06:29

ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާގެ ތަހުގީގަށް ނައިބުރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައިވާއިރު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ނުކުރާނެ ކަމަށާއި އެކަން ކުރިއަށްދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ނައިބުރައީސްގެ ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.

https://twitter.com/HuShameem/status/658146659029811200

އެ ޓްވީޓްގައި ވިދާޅުވެފައިވަނީ އަދީބުގެ ބަންދާ މެދު ގޮތެއް ނިންމުން ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި އަދީބު ހުންނަވާނީ އެމަނިކުފާނު ބަންދުކޮށްފައި ހުރި ކ. ދޫނިދޫގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް