އިއްޔެއާއި ރޭ، އަށް ތަނެއް ބަލާ ފާސްކޮށް ތިން މީހަކު ހައްޔަރުކުރެވުނު: ޕޮލިސް

ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވިކަމުގެ ތުހުމަތުގައި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައިވާއިރު، ބޮން ގޮއްވި މައްސަލައިގެ ތަހުގީގަށް އިއްޔެއާއި ރޭ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ އޮޕަރ...

25 Oct 2015 | 02:06

ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވިކަމުގެ ތުހުމަތުގައި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައިވާއިރު، ބޮން ގޮއްވި މައްސަލައިގެ ތަހުގީގަށް އިއްޔެއާއި ރޭ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ތަކުގައި އަށް ތަނެއް ބަލާ ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އިއްޔެ އާއި ރޭ، ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި ބަލާ ފާސްކުރި ތަންތާނގެ ތެރޭގައި ހިމެނެނީ މ. ސެސްނާ އާއި، މއ. ޒުއްރިޔާނުމާގެ އާއި، ގ. ހުމަށި އާއި، ގ. އޮއިވާލި އާއި، މ. ހިރިނައިދޫ ގެ އިތުރުން މިފްކޯ ކޮށްޓާއި ރެހެންދި ފްލެޓް 2 6 ބީ އަދި އެފް އޭ އެމް ހައުސް އެވެ.

އެތަންތަން ބަލާ ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ހާމަ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް