ކުކުޅު ކޭހެއްގެ ވެރިފަރާތެއް ހޯދަން ފުލުހުންގެ އިއުލާނެއް

ކުކުޅު ކޭހެއްގެ ވެރިފަރާތެއް ހޯދަން ފުލުހުން އާންމުކޮށް އަންގާ އިއުލާނެއްކޮށްފިއެވެ. އެގޮތުން ސޯޝަލް މީޑިއާގައި ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި، އަލިނަރު ކެފޭ ...

25 Sep 2024 | 09:14

ކުކުޅު ކޭހެއްގެ ވެރިފަރާތެއް ހޯދަން ފުލުހުން އާންމުކޮށް އަންގާ އިއުލާނެއްކޮށްފިއެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި، އަލިނަރު ކެފޭ ކައިރިން ހޮވައިގެން ގެނެސްފައިވާ ކުކުޅު ކހެއްގެ ވެރިފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި ކުކުޅު ކޭހުގެ ވެރިފަރާތުން ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ދަންނަވަން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އިތުރު މައުލޫމާތު ފުލުހުންގެ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސްޓޭޝަން ނަމްބަރު 9980062 އަށް ގުޅުއްވުމުން ލިބިލައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް