ނޭވާލާ ނިޒާމަށް ޖެހޭ އާރްއެސްވީ ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވަމުން އަންނާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ ރެސްޕިރޯޓަރީ ސިންޝަލް ވައިރަސް (އާރްއެސްވީ) ޖެހޭ ކުޑަކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕ...

25 Sep 2024 | 05:54

ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ ރެސްޕިރޯޓަރީ ސިންޝަލް ވައިރަސް (އާރްއެސްވީ) ޖެހޭ ކުޑަކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން މިއަދު އެޗްޕީއޭއިން ބުނެފައިވަނީ އެ ބަލި އިތުރުވާކަން ފާހަގަކުރެވިފައިވާތީ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދޭކަމަށެވެ. އެގޮތުން އަތް ދޮވުމާއި އާންމު ތަންތަނަށް ދިއުން މަދުކުރުން ހިމެނޭކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ހުން އައުމާއި ކެއްސުމާއި އަދި ނޭވާލާން އުނދަގޫވުމާއި މެއަށް ތަދުވުންފަދަ އަލާމާތްތައް ފެންނަނަމަ ޑަކުޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އާރްއެސްވީއަކީ ނޭވާލާ ނިޒާމާއި މެއަށް ޖެހޭ ބައްޔެކެވެ. ފުއްޕާ މޭގައި ހުންނަ ނޭވާލުމަށް ބޭނުންކުރާ ކުދި ހޮޅިތަކަށް ޖެހޭ މި ބަލި އާންމުގޮތެއްގައި ޖެހެނީ ތުއްތު ކުދިންނާއި އުމުރުން ހަގު ކުޑަކުދިންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް