ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ އަދަދު ގާތްގަނޑަކަށް ދެގުނަ އިތުރުވެއްޖެއެވެ.
އެގޮތުން އިލެކްޝަން އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފުރަތަމަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވަނީ 3327 މީހުންނެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް 6223 މީހަކު ރަޖިސްޓަރ ކޮށްފައިވެއެވެ.
ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓަނީ ފަސް ގައުމެއްގައެވެ. އެއީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، އިންޑިއާ، ސްރީލަންކާ، މެލޭޝިޔާ އަދި އިނގިރޭސިވިލާތުގައެވެ.
ވަކިވަކި ފޮށިތަކަށް ބަލާލާއިރު އެކުވެރި އަރަބި އިމާރާތުގައި އެއް ފޮށި، އިންޑިއާގައި ދެ ފޮށި ލަންކާގައި ދެ ފޮށި، މެލޭޝިޔާގައި ތިން ފޮށި އަދި އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައި އެއް ފޮށި ބަހައްޓާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް